ދެކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ ދޮންބައްޕަ - ފޮޓޯ: ކިޔުންތެރިއެއް

މަޑަވެލީގައި ދެ ކުޑަކުދިންނާ ބެހުނު ދޮންބައްޕަ މިނިވަންކަންމަތީ!

ކުޑަކުދިންނާމެދު އިހުމާލުވުމާއި، ޖިންސީ ގޯނާކުރުމުގެ ވާހަކައަކީ ގިނަ ފަހަރަށް ސިއްރު ވާހަކަތަކެކެވެ. އަދި ވަކިން ޚާއްޞަކޮށް އެނގުނަސް އެނގޭކަމަށް ހަދަން ބޭނުންނުވާ ވާހަކައަކަށް ވަނީ ވެފައެވެ. ނަމަވެސް އެއީ ހައްލެއް ނޫނެވެ.

ގދ. މަޑަވެލީގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް މިވަނީ ފެންމަތިވެފައެވެ.

މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ދެ ކުދިންނަށް ޖިންސީ އަނިޔާ ކޮށްފައިވަނީ އެދެކުދިންގެ ދޮންބައްޕައައެވެ.

މިކަމާ ގުޅިގެން މަޑަވެލީ ކައުންސިލްގެ ނައިބު ރައީސް ޢަޒަމް މުޙައްމަދު ވިދާޅުވީ، އެފަދަ މައްސަލައެއް ނުވަތަ ޝަކުވާއެއްއެއްވެސް މަޑަވެލީ ކައުންސިލަށް ހުށަހެޅިފައި ނުވާކަމަށެވެ.

"ފުލުހުންވެސް އަދި އެހެން ރަސްމީ ފަރާތަކުންވެސް ނެތް މި ރަށަށް އައިސް މައްސަލަ ބަލާފައެއް. އަދި އެފަދަ ޝަކުވާއެއްވެސް ލިބިފައެއް ނެތް. ޝަކުވާއެއްވިޔަސް ހުށަހެޅުނުނަމަ ކަމާބެހޭ ފަރާތަތައް މެދުވެރިކޮށް މައްސަލަ ބަލާނަން."ޢަޒަމް ވިދާޅުވިއެވެ.

ނަމަވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މެއި 20 ވަނަ ދުވަހު ގދ އަތޮޅުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުންނާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށެވެ.

މަޑަވެލިން މިނޫހާ ވާހަކަދެއްވި ފަރާތަކުން ބުނީ، އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުނު ފަހުން އެކުދިން ލައްވާ އެވާހަކަތައް ދޮގު ކުރުމަށް ދޮންބައްޕަ އަދި އެހެން ފަރާތަކުންވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ދޮންބައްޕައަކު ޖިންސީ ގޯނާކުރި ދެވަނަ ކުއްޖާއަށް ދާދި ފަހުން 18 އަހަރު ފުރިފައިވާއިރު، އަނެއް ކުއްޖާއަކީ ސްކޫލް ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖެކެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ހެނދުނުންސުރެ މަސައްމަތް ކުރި ނަމަވެސް އަދި ވަނީ ޖަވާބެއް ލިބޭގޮތް ނުވެފައެވެ.

އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންނަށް ދޮންބައްޕައެއް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވިއިރު، ގދ. ތިނަދޫގައި 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައްވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
51

ހިޔާލު

 1. ali

  Zaathy vegen dhogu mauloomaathu nufethurun edhen

 2. Sh

  Massala nujassaanama muassasaa akah engeykamakah nuvaane.

 3. ޥާސީމާ ޢަލީ

  މާޢޫގޫދޫ ގަ ޢެތައްދަރިވަރަކަށް ޖިންަސީ ގޯނާކުރި ޓީޗަރު އަދިވެސް ވަޒީފާގަ.

 4. މުޙައްމަދު

  ދޮންދަރިންނާބެހުނު ދޮންބައަކީ ގައްދޫމީހެއް. ދަރިން ލައްވައި ދޮގުހައްދުވަނީ މަންމަ. މިއީ މޫނުބުރުގާ އަޅައިގެން ވަރަށް ޟަޢީފްކަމަށް ހެދިގެންއުޅޭ އަންހެނެއް. ދޮންބައްޕަގެ ޝިކާރައަކަށްވި މީިހަކު މިހާރުވެސް މަޑަވެލި ސްކޫލްގެ ޓީޗަރަކަށް އެބައުޅޭ.

  7
  1
 5. Kehuli

  Thi kanthah ohbbaalan enmebodah massakai kohffai vanee madaveli gai ulhemundhaa endhurugeakah nugos dheen vegen ulhey baeh adhi ekuhjjaage beleniverin

  1
  1
 6. ޒުނައިރާ

  ރަސްމީކޮށް މައްސަލަ ހުށަނޭޅުނަސް މުޅި ރަށުގަ ޢެވާހަކަ ފެތުރެންޏާ ވާނުވާ ބެލުން ކިހިނެއްތޯ؟ކައުންސިލްތައް ތީ ކީއްކުރާ ބަޔެއްތޯ.ކައުންސިލްތަކުގެ ޒިންމާއެއްވެސް އޮންނަން އެބަޖެހޭ.

  17
  2
 7. Ali

  Thihumathu kurevey meehege for jahaigen faleehaiy kurun heyo nuvaane.

  7
  2
 8. އިންމަ /ގައްދޫ

  އަހަރެންގެ ހުކުމަކީ ބޯކަނޑައިގެން ގޮސް ބޯބުރި ފުޅުހަށްދިނުން މިނޫން ގޮތެއްނެތް

  32
  2
  • Z

   Kon boleh baa

   2
   2

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް