މިރޭ ހަނދު ފެނިއްޖެނަމަ ބަޑިޖަހާނެ - އެމްއެންޑީއެފް

މިރޭ ހަނދު ފެނިއްޖެނަމަ މާލޭގައި ބަޑި ޖެހުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ، ބަޑިޖެހުމުގެ ހަރަކާތް ކުރިއަށް ދާނީ ޖުމްހޫރީ މައިދާނުގެ އިއްޒުއްދީން ޖެޓީ ސަރަހައްދުގައި ކަމަށެވެ.

ޝައްވާލްމަހުގެ ފުރަތަމަ ދުވަސް ނުވަތަ ފިޠުރު ޢިދުދުވަސްގޮތުގައި މީލާދީ ގޮތުން މިއަހަރުގެ ކަލަންޑަރުގައި ކަނޑައެޅިފައިވާ ދުވަހަކީ، ޖޫން މަހުގެ 4 ވަނަ ދުވަހެވެ.

ރައްޖޭގައި އާއްމުކޮށް ހަނދު ސާބިތުކޮށް އުޅެނީ ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުޞޫލްތަކަށް ބިނާކޮށެވެ.

ހަނދުބެލުމަކީ ހުރިހާ އެންމެންނަށްވެސް އޮންނަ ފުރުޞަތެކެވެ. އަދި ހަނދުފެނިއްޖެ މީހަކު ނުވަތަ ބަޔަކު ޝަރުޢީ އިދާރާއަކަށް ޙާޟިރުވެ އެކަން ސާބިތުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް ކޮންމެ އަހަރުކުވެސް ހަމަޖައްސާފައި އޮވެއެވެ. އަދި ހަނދު ފެނިއްޖެނަމަ އެކަން އިޢުލާންކުރުމުގެ ގޮތުން ބަޑިޖަހައެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ