މިއަހަރުގެ ފިތުރު ޢީދު ދުވަހާ ދިމާކޮށް، އައްޑޫ ސިޓީގެ އަވަށްތަކުގައި ފެންކުޅިކުޅެވޭނެ ސަރައްހައްދުތަކެއް އައްޑޫގެ ކައުންސިލުން ކަނޑައަޅައިފިއެވެ،
އައްޑޫ ސިޓީގެ ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނުގައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ފެންކުޅިކުޅުމުގައި ނޭދެވޭ ކަންކަން ހިނގަފައިވާތީވެ މިއަހަރުގެ ފިތުރު ޢީދު ދުވަހުން ފެށިގެން ޢީދު ބަންދުގެ ތެރޭގައި އައްޑޫ ސިޓީގައި ފެންކުޅިކުޅުމަށް ވަކި ސަރައްދުތަކައް ކަނޑައަޅާފައިވާކަމުގައެވެ.
މިގޮތުން އައްޑޫ ސިޓީގެ އަވަށްތަކުގައި ފެންކުޅިކުޅެވޭނެ ސަރައްހައްދުތަކަކީ:
ހިތަދޫ - ބަނދަރުމަތީ ފަތާ ސަރަހައްދު
މަރަދޫ - ކުޑަކުދިންގެ ޕާކު
މަރަދޫ ފޭދޫ - ރަށިކެޑެ ( ފެންތާނގީ ސަރަހައްދު)
ފޭދޫ - ބަނދަރުގެ އުތުރު ފަރާތް
ހުޅުދޫ - ބޮމާ ޕަންނު ޕާކް ސަރަހައްދު އަދި ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު
މީދޫ - އީދި ގަމޫލު
މި ސަރަހައްދުތައް ފިޔަވާ އައްޑޫސިޓީގެ އެހެންތަންތާގައި ފެންކުޅިކުޅުމަކީ މަނާކަމެއްކަމުގައި ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.