އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމު ހޫނުވުމުގެ މައްސަލަ ހައްލުކޮށްފި

އައިޖީއެމްއެޗުގެ އެމަރޖެންސީ ރޫމު ހޫނުވުމުގެ ސަބަބުން ދިމާވި ދަތިތައް މިހާރު އެއްކޮށް ޙައްލުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ ސަލީމް ވިދާޅުވީ، އައިޖީއެމް ހޮސްޕިޓާލްގައި ހުރި މައި، "ކޫލިންގ ސިސްޓަމް" ހަލާކުވެ، އެކަން ޙައްލުކުރުމަށް މިދިޔަ އަހަރުގެ މެއިމަހު ކޫލިންގ ޓަވަރެއް ބެހެއްޓުމަށް ވީލް އިންޖިނިއަރިންގ ކިޔާ ކުންފުންޏަކާ ހަވާލުކުރިކަމަށާއި ނަމަވެސް މަސައްކަތް ނުނިމި މިހާ ދިގު މުއްދަތެއްވީއިރު، އެކުންފުނިން އެދިގެން މުއްދަތު އިރުކޮށްދީގެންވެސް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައި ނުވާކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ. 

އަދި ސަރުކާރު ބަދަލުވުމާއިއެކު، އެގްރިމެންޓް ނިމުމަކަށް އައީކަމަށްބުނެ އެ ކުންފުނިން އައިޖީއެމް ހޮސްޕިޓަލަށް ސިޓީއެއް ހުށައެޅިކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ކޫލިންގ ޓަވަރުގެ މަސައްކަތް ފަހުން ކޮށްފައިވަނީ ސީދާ އައިޖީމް ހޮސްޕިޓަލާއި، ކޫލިންގ ޓަވަރ މެނުފެކްޗަރކުރާ ކުންފުންނާ ގުޅިގެންކަމަށް ސީއީއޯ ސަލީމް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ހުއްދައާއިއެކު ކޫލިންގ ސިސްޓަމްތައް ރާއްޖެއަށް ގެނެވިފައިވަނީ މި މެއި މަހުގެ 9ވަނަ ދުވަހުކަމަށެވެ. 

އައިޖީއެމް ހޮސްޕިޓަލްގައި ކޫލިންގ ޓަވަރު ބެހެއްޓުމަށް ހަ ލައްކަ ތިރީސް ހަ ހާސް ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ