ލ.ގަމުގައި ފެން ހިއްކަނީ - ފޮޓޯ: އެމްއެންޑީއެފް

އީދު ބަންދުގައި ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވާން އިލްތިމާސްކޮށްފި

ކުރިއަށްއޮތް އީދު ބަންދު ދުވަސްވަރުގައި ވިއްސާރަކުރުން އިތުރުވާނެކަމަށް ލަފާކުރެވޭތީއާއި، އީދު ބަންދަށް ގިނަ ބަޔަކު ދަތުރުކޮށް އެއްވެ އުޅުން އިތުރުވާނެތީ ޞިއްޙީގޮތުން ރައްކާތެރި ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ފަސޭހައިން ފެތުރެމުންދާ ބަލތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

އެހެންކަމުން ޑެންގީހުމާއި، ޗިކަންގުންޏާ ވައިރަލް ހުމާއި، ބޭރަށް ހިންގުމުގެ އިތުރުން އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެ އޭޖެންސީލް އިލްތިމާސް ކުރެއްވިއެވެ.

މަދިރިން ރައްކާތެރުވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާކޮށް، މަދިރި ހެފުމުން ދުރުކޮށްދީ ވަސީލަތްތައް ބޭނުން ކުރުމަށާއި، ފަތިސް އަދި ހެނދުނު ގަޑީގައި ގޭގެ ދޮރުތައް ލެއްޕުމަށް އަދި ގޭތި ތެރޭގައި ފެން ހަރުލާނޭފަދަ ތަކެތި ނައްތާލުމަށް އެ އެޖެންސީލް ގޮވާލެއްވިއެވެ.

އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ޖެއްސާ ކިނބިހި އަޅާއިރު ނިވާކުރުމަށާއި، ސައިބޯނި ލައިގެން އަތް ދޮވުމަށް އަދި ރޯގާ ޖެހިފައި ހުންނައިރު އާއްމުން އެއްވެއުޅޭ ތަންތަނަށް ދިއުން އަދި ކުޑަކުދިން ކައިރިއަށް ގޮސް އުރުން މަދުކުރުމަށް އެ އެޖެންސީން އިލްތިމާސް ކުރައްވައެވެ.

މީގެ އިތުރުން ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި، ކްލޮރިން ކޮށްފައިވާ ފެން ނުވަތަ ކެއްކި ފެނުގެ އިތުރުން ފުޅީގައި ބަންދުކޮށްފައިވާ ފެން ބޭނުން ކުރުމަށާއި، ފާހާނާ ކުރުމަށްފަހުގައި ރަނގަޅަށް އަތް ދޮވުމަށާއި، ކާބޯތަކެތި ތައްޔާރުކޮށް ރައްކާ ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރެއްވިއެވެ.

ހަމައެއާއެކު ވިއްސާރަވުމުގެ ސަބަބުން ފެން ބޮޑުވެއްޖެނަމަ، އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ