ރައީސްގެ ދެކަނބަލުންގެ އީދު ސަލާމްކުރުން ނުބާއްވަން ނިންމައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަބަލުން ފަޒްނާ އަހްމަދުގެ އީދު ސަލާމް ކުރުން މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ނުބާއްވާ ގޮތަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވާ ގޮތަށް ހަމަޖެއްސީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ އީދު ސަލާމް ކުރެއްވުން މިފަހަރު ބާއްވަން ހަމަޖައްސާފައި އޮތީ ރިޔާސީ ގަނޑުވަރު މުލިއާގޭގައި އީދު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 10:30 އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ