މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފި

ބަރަކާތްތެރި ފިޠުރު އީދުގެ، އީދު ނަމާދު ބޮޑު ޖަމާއަތުގައި މާދަމާ މާލޭގައި ނުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓުރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، މޫސުން ތަންނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިޠުރު އީދު ނަމާދުކުރުން ނޯންނާނެ ކަމަށެވެ. އަދި މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިތުރު ޢީދު ނަމާދު ކުރާ ގޮތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮން ވާރޭ ވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އަދި ބައެއް ރައްތަކުގައިވަނީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެސް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ