މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީ އަދި ވެހިކަލް ގަތުމަށް އިންޑިއާ ސަރުކާރުން އެހީވަނީ

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން މާލޭ ސިޓީ ކައުންސިލްއަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅުއްވައިފިއެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުގެ ޤާބިލްކަން އިތުރުވެ، ސިޓީ ކައުންސިލުންދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، މާލެ ސިޓީގެ ތަރައްޤީއަށް މަޝްރޫޢުތައް ހިންގުމަށް ފަސޭހަވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް 5 މިލިއަން ދިވެހި ރުފިޔާވެސް މިހާރުވަނީ ކަނޑައަޅުއްވައިފިއެވެ.




މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ