ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 18:35 އާ ދެމެދުގެ ވަގުތުތަކުގައި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
Yellow Alert in effect for the area between Haa Alif Atoll and Baa Atoll. pic.twitter.com/sm0HiUNMWA
— Maldives Meteorology (@MetMaldives) June 5, 2019
މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިއްޔެވަނީ ހދ. ކުޅުދުއްފުށި އަދި ހދ. ނޮޅިވަރަމަށް ވިއްސާރަވެހި ފެންބޮޑުވެފައެވެ. އަދި މި ފެންބޮޑުވުމާއި ގުޅިގެން ބައެއް ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.
“ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން.” މެޓް އޮފީހުން ވިދާޅުވިއެވެ.