މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް

މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހަށް ހުށައަޅައިފި އެވެ.

ޤަރާރު ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ގިނަބަޔަކު ބައިވެރިވާ އަދި މަސްވެރިކަން ރަނގަޅަށް ކުރެވިއްޖެނަމަ އިޤްތިޞާދަށްވެސް ފައިދާ ކުރާނެ މަސައްކަތެއް ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރަމަތިވަމުންދާ ކަމަށާއި އެގޮތުން މަސްތައް ނުކިރި ތިން ހަތަރު ދުވަސް ނުވަތަ ހަފްތާއެއް ވަންދެން ކިއުގައި މަޑު ކުރަން ޖެހުމުން މަސްވެރިންނަށް ދަތިތަކާއި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައިވެސް މަސްވެރިން ބާނާ މަަހަށް ލިބެންޖެހޭ ފައިސާ ލިބުން އަވަސް ކުރުމާއި ބާނާ މަސްކޮޅު އަވަހަށް ކިރާލެވޭނެ ގޮތް ވުމަކީ މަސްވެރިންނާއި މުޅިގައުމުގެ އިޤްތިޞާދަށްވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށްވާތީވެ މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ޤަރާރު މަޖިލީހަށް ހުށައެޅީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި ބެހޭގޮތުން މިހާރަށްވުރެ ތަފާތު ވިސްނުމަކުން ވިސްނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ދިނުމުގެ ވާޙަކައަކީ ކުރިންސުރެ "ނާނާއެއްގެ ގޮތުގައި" އަޑު އިވެމުން އަންނަ ވާހަކައެއް ކަމަށާއި އެހެން ކަމުން މިހާރު މިކަން ކުރުމުގައި ކަންތައް ކުރަމުން މިދާ ގޮތާއި ތަފާތު ވިސްނުމަކުން ވިސްނަން ޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މުޅި ގަޢުމުގެ އިޤްތިޞާދު ހަމައެކަނި ޓޫރިޒަމް އަށް ބަރޯސާވެފައި އޮތުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި ވަށައިގެން ކަނޑު އޮތުމާއިއެކު މަސްވެރިކަން ތަރައްޤީ ކުރެވިއްޖެނަމަ ވަޒީފާތައް އުފެދި ގައުމުގެ އިޤްތިޞާދު މަސްވެރިކަމުގެ މައްޗަށް ބަރޯސާވެވޭ މިންވަރު އިތުރު ވެގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ