ޑްރައިވަރަށް ނިދިޖެހިގެން އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭގައި ދުއްވަމުން ދިޔަ ކާރެއް ގަހެއްގައި ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި ބަޔަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު، ހުޅުމާލެ ރީތި ގަސްމަގުގައެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ޕްރައިިވެޓް ކާރު ދުއްވަން އިންމީހާގެ މެޔަށް ތަދެއް އެރިއިރު ކާރުގައި ދެން ތިބި ދެ މީހުންގެ އަތަށާއި ފަޔަށް ތަދުވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ޗައިނާ ދެ މީހުންނަށް ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ކާރު ދުއްވަން އިން މީހާއަށް ނިދި ޖެހިފައި އިނުމުން ކަމަށާއި، ނަމަވެސް އެމީހާއަކީ ކާރު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުންތަކެއް ލިބިފައި ނުވި ނަމަވެސް ކާރުގެ ކުރީކޮޅުން ބޮޑު ބައެއް ހަލާކުވެ، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ބަސް ދުއްވަން އިން ޑްރައިވަރަކު ނިދި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ނިމިދިޔަ ރަމަޟާން މަހު ހުޅުމާލޭގައި ފަތުރުވެރިޔަކުވެސް މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ