މޯދީގެ ހަދިޔާ ރައީސްއަށް: މިފަހަރުވެސް ކްރިކެޓް ބެޓެއް

މިހާރު ކުރިއަށްދާ ދުނިޔޭގެ ކްރިކެޓް ވޯލްޑްކަޕް މުބާރާތުގައި ބައިވެރިވާ އިންޑިއާގެ ގައުމީ ޓީމުން ސޮއިކޮށްފައިވާ ކްރިކެޓް ބެޓެއް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެދުމަށް އަރުވައިފިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ކްރިކެޓް ބެޓު ރައީސް ސޯލިހަށް ހަދިޔާ ކުރެއްވީ މޯދީ އެވެ. 

އެ ބެޓް ރައީސް ސޯލިހަށް އެރުއްވި ފޮޓޯއާ އެކު، މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުއަށް ހަދިޔާއެއްގެ ގޮތުގައި ކްރިކެޓް ބެޓެއް ދެއްވަން ނިންމެވީ، ރައީސް ސޯލިހަކީ ކްރިކެޓަށް ލޯބިކުރައްވާ ބޭފުޅަކަށް ވާތީ ކަމަށެވެ.

އެ ކްރިކެޓް ބެޓުގައި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަމަށްވާ ވިރާތު ކޯލީ، މަހެންދުރަ ސިންގް ދޯނީ، ހާޑިކް ޕަންޑިއާ ފަދަ ކުޅުންތެރިން ވަނީ ސޮއިކޮށްފަ އެވެ.

މިދިޔަ އޭޕްރީލް މަހު އިންޑިއާގެ ބެންގަލޫރުގައި ކުޅުނު އިންޑިއަން ޕްރިމިއާ ލީގްގެ މެޗެއްގައިވެސް ވިރާތު އަދި މަހެންދުރަ ސިންގް ދޯނީ ވަނީ ރައީސް ސޯލިހްއަށް ކްރިކެޓް ބެޓެއް ހަދިޔާ ކުރައްވައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ