ފެރީގައި ކަނޑުހުޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކަށް ފުލުހުން ކަނޑުހުޅުދޫގައި ހަރަކާތްތެރިވާކަން އެނގިގެން ކަނޑަށް ފުންމާލި މީހާ ފަޅު ރަށެއް ކަމަށްވާ ގއ މާވަރުލުގައި ފިލައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 9:00 ހާއިރު އޭނާ ފެނުނީ ފަޅު ރަށުގައި ފިލައި އޮއްވައި ކަމަށެވެ.
ފުލުހުން ވިދާޅުވީ، އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި، މިއަދު އޭނާ ފެނުމުން ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތީގެ ބާވަތުގެ އެއްވެސްއެއްޗެއް ފެނިފައި ނުވާކަމަށެވެ.
ގއ މާވަރުލުގައި ފިލައި އޮއްވާ ފެނިފައިވަނީ، މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ކަނޑުހުޅުދޫގައި ހަރަކާތްތެރިވާކަން އެނގިގެން މުހައްމަދު އަލީ ކަނޑަށް ފުއްމާލުމުން އޭނާ އަށް އެހީވުމަށް ބޮއްކުރައެއްގައި ތިން މީހުންވެސް ވަނީ ރޭ ކަނޑުވެފައެވެ.
ފުލުހުން އިއްޔެ ވިދާޅުވީ، ގއ.ކަނޑުހުޅުދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން އެކަކު ފެރީއިން ކަނޑަށް ފުންމާލައިގެން ގޮސް ފަޅުރަށެއް ކަމަށްވާ މަރުވާލު އަށް އަރާފައިވާ ކަމަށާއި، އެމީހާ ބަލައި ޑިންގީއެއްގައި ދިޔަ ތިން މީހުން، ޑިނގީ ބަންޑުން ޖަހާލުމުގެ ސަބަބުން ކަނޑުވެފައިވާ ކަމަށެވެ.
މިހާދިސާގައި އެކަކު ފަތާފައިގޮސް މަރުވާލަށް އަރާފައިވާއިރު، އަނެއް ދެމީހުން ސަލާމަތްކުރީ ކަނޑު މަތިންނެވެ.
ހިޔާލު
Thinun ehen vareh dhuvahakuvess fuluhunnakah nuve
ކޮމެންޓް ކުރުން ބަންދު