ފޮޓޯ:ކުޅުދުއްފުށި އޮންލައިން

ކޮޅިގަނޑެއްގައި ކުޅުދުއްފުށީގެ ބައެއް ގެތަކަށް ގެއްލުންވެއްޖެ

ހދ. ކުޅުދުއްފުއްޓަށް ދެންމެއަކު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި ކުޅުދުއްފުށި ބައެއް ގެތަކަށް ގެއްލުންވެއްޖެ އެވެ.

ގެޔެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާއިރު އިތުރު ގެޔެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ކުޅުދުއްފުށި ކައުންސިލް އިން މައުލޫމާތުދެއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް ޢަބްދުލް ލަތީފް ހަސަން ވިދާޅުވީ، މިހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:45 ހާއިރު ކަމަށާއި، މިހާތަނަށް ޖުމްލަ 4 ގެޔަކަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފޮޓޯ:ކުޅުދުއްފުށި އޮންލައިން

ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް އާއި ފުލުހުން ކުރަމުންދާ ކަމަށާއި، އާއްމު ރައްޔިތުންގެ ފަރާތުންވެސް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާކަމަށް ކައުންސިލްގެ ރައީސް ލަތީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް