ޕީޕީއެމް އަށް މި ހަފްތާ ތެރޭގައި ފައިސާ ދޫކުރަނީ

ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން، ފައިސާ ލިބޭ ޝަރުތު ހަމަވެ އަދި މިވީހާ ތަނަށް ފައިސާ ނުލިބިވާ ސިޔާސީ ޕާޓީ ޕީޕީއެމް އަށް މިހަފްތާ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓުރެޜަރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕީޕީއެމް އަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ މިއަދު ކަމަށެވެ. އެހެންކަމުން މިހަފްތާ ތެރޭގައި އެޕާޓީއަށް ފައިސާ ދޫކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

މީގެ ކުރިން އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވަނީ، އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ހަތަރު ޕާޓީއަކަށް ފައިސާ ދޫކޮށްދޭން އެދި ފިނޭންސަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި މި ހަތަރު ޕާޓީގެ ތެރޭގައި ޕީޕީއެމް ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް ފަހުން އީސީ އިން ބުނެފައިވަނީ ޕީޕީއެމް އަށް ފައިސާ ދޫކުރަން ނޭދެވި އޮތީ "ޓެކްނިކަލް" މައްސަލަ އެއް ދިމާވެގެން ކަމަށެވެ. 

ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް