ހުވަދު އަތޮޅު ފަރެސްމާތޮޑާ އާއި ފުވައްމުލަށް ފެރީގެ ނިޒާމުން ގުޅާލައިފިއެވެ.
ފަރެސްމާތޮޑާ އާއި ފުވައްމުލަކާ ދެމެދު ފެރީގެ ނިޒާމުން ގުޅާލުމަށް ފެށި ލޯންޗް ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހެނދުނު ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ދުރު ދަތުރަކަށް އެކަށީގެންވާ ސައިޒުގެ ހައިސްޕީޑް ލޯންޗުގައި ފެށި މި ފެރީތައް އޮޕަރޭޓް ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.
ހައިސްޕީޑް ފެރީގެ ނިޒާމުން ރާއްޖޭގެ ދުރު އަތޮޅުތައް ގުޅާލުމަކީ ގައުމުގެ އިޤްތިޞާދަށްވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.
ފުވައްމުލަކާ ފަރެސްމާތޮޑާ ފެރީގެ ނިޒާމު ނައިބު ރައީސް އިފްތިތާހް ކޮށްދެއްވިއިރު، އެމަނިކުފާނުގެ ހުވަދޫ އަތޮޅު ދަތުރުގައި ގައްދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕާއި، ގައްދޫ މަސްޖިދުލް އަމީންވެސް ހުޅުވައިދެއްވާފައިވެއެވެ.



