ވަށިގަނޑުގައި ބޭއްވުނު ފޯނު މިފަހަރު ހަވާލުކުރީ ފުލުހުން

ހެންވޭރު ނާދީ ގޯޅިތެރޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ވަށިގަނޑުގައި ބޭއްވެނު ފޯނެއް ގެއްލިފައިވަނިކޮށް، އެފޯނު ހޯދައި އޭގެ ވެރިފަރާތާއި ފުލުހުން ހަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރު ނާދީ ގޯޅިތެރޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ވަށިގަނޑުގައި ބޭއްވުނު އައު ފޯނެއް ގެއްލިފައިވާކަމަށްބުނެ ޖޫން މަހުގެ 11 ވަނަ ދުވަހުގެ 18:43 ހާއިރު ފުލުހުންނަށް ވަނީ ރިިޕޯޓުކޮށްފައިކަމަށެވެ،

ފުލުހުން ވިދާޅުވީ، ފޯނު ހޯދާފައިވަނީ، ސީސީޓީވީ ފުޓޭޖްގެ އެހީގައި ފޯނު ނެގި މިހާ ދެނެގަނަގެން ކަމަށެވެ،

މި މައްސައަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި ފޯނު މިހާރު ވަނީ ފޯނުގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ދެދުވަސްކުރިން ފުލުހުންވަނީ، ހަތަރު ފޯނު ވަގަށް ނަގައިގެން ދިޔަ މީހަކުވެސް ހުއްޓުވައި ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ