ސެލީނާ ގޮމޭޒް އިންސްޓަރގްރާމް އެކައުންޓުން ޑިލިޓް ކޮށްލީ ކާކުގެ ފޮޓޯއެއްތަ؟

ސެލީނާ ގޮމޭޒްއަކީ ދުނިޔޭގެ މަގުބޫލުކަން ހޯދައިފައިވާ މޮޅު ފަންނާނެކެވެ. 2011 ވަނަ އަހަރު މިއުޒިކީ ދުނިޔޭގައި އެންމެ މަޝްހޫރުވެގެން ދިޔަ ކަޕްލް އަކީ ސެލީނާ ގޮމޭޒް އާއި ޖަސްޓިން ބީބާރ އެވެ. ނަމަވެސް މި ދެލޯބިވެރިން ވަނީ 2014 ވަނަ އަހަރު ރުޅިވެފައެވެ. އޭގެފަހުން 2017 ވަނަ އަހަރު ނޮވެމްބަރ މަހު ދެމީހުން އެކީގައި ލޯބިވެރިންގެ ގޮތުގައި ފެނިގެން ގޮސަފައިވެއެވެ. ނަމަވެސް މިފަހަރުވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެގުޅުން ވަނީ 2018 ވަނަ އަހަރުގެ މާރޗް މަހު ނިމިފައެވެ.

ސެލީނާ ދާދިފަހުން މިވަނީ އޭނާގެ އިންސްޓަރގްރާމް އެކައުނޓްގައި ހުރި ކުރީގެ ލޯބިވެރިޔާ ޖަސްޓިންގެ އެންމެ ފަހުގެ ފޮޓޯ ޑިލިޓް ކޮށްލާފައެވެ. ޑިލިޓް ކޮށްލާފައިވަނީ ޖަސްޓިންގެ ފޮޓޯގަނޑެއް ސެލީނާގެ ނިއްކުރިމަތީ ބާއްވައިގެން ނަގާފައިވާ ފޮޓޮއެކެވެ. މިއީ ޖަސްޓިން ބީބާރގެ އުފަންދުވަހު ލާފައިވާ ފޮޓޮއެކެވެ.

ސެލީނާ އާއި ބްރޭކް އަޕް ވުމަށްފަހު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޖަސްޓިން ބީބާރ ވަނީ ހެއިލީ ބާލްޑްވިން އާއި ކައިވެނިކޮށްފައެވެ. ނަމަވެސް ސެލީނާ އޭގެފަހުން އަދި ރިލޭޝަންޝިޕް އަކަށް ދިޔަކަމެއް އެނގިފައެއްނެތެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް