ބާރަށުން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ބާރަށުން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ބާރަށު ހެލްތު ސެންޓަރުން މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ލިބުނު ސާމްޕަލްތަކުގެ ނަތީޖާތަކުން އެރަށުން އިތުރު ތިން މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިއީ މިދިޔަ ބުރާސްފަތިދުވަހު ނެގި ސާމްޕަލްތަކެއް ކަމަށާއި އެގޮތުން އެދުވަހު 216 ސާމްޕަލް ނެގިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ބާރަށުގައި ކަރަންޓީނުގައި ހުރި ނުވަ މީހަކު ރިލީސް ސާމްޕަލް އިން ކޮވިޑް-19 އަށް ޕޮޒިޓިވުވެ ރަށުގެ ބަޔެއް މީހުން އެ ނުވަ މީހުންނާއި ކޮންޓެކްޓުވެފައިވާއިރު، ބައެއް ޑައިރެކްޓް ކޮންޓެކްޓުންވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު ޕޮޒިޓިވްވެފައިވަނީ އެ ޑައިރެކްޓް ކޮންޓެކްޓުންގެ ޑައިރެކްޓް ކޮންޓެކްޓުންކަމަށްވެސް އެރަށު ހެލްތު ސެންޓަރުން މިނޫހަށް މަޢުލޫމާތު ދީފައިވެއެވެ.

މިއަދު ޕޮޒިޓިވްވި ތިން މީހުންނާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރުވަނީ 25 އަށް އަރާފައެވެ.

ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވާ 9 މީހުންނަކީ އެއް ގެއެއްގައި ކަރަންޓީންގައި ހުރި މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހަމީދު

    ތިރަށުން ހޯމް ކަރަންޓީނުގައި ތިބެ ފައްސިވީ މީހުން ނަކީ ހާދަހާ ނުބައި ބައެކޭ ދޯ . މުޅި ރަށުގެ ރަށް ޔިތުންގެ ހައްގު ގެއްލުވާލީ .އެމީހުން ކައިރި އަހާބަލަ ތިވީގޮތް ރަނގަޅުތޯ. އަދި އުފާވޭ ތޯ .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ