ސީޕީ ހަމީދު - ފޮޓޯ: ވަގުތު

އަދީބުގެ ފަރުވާ އާއި ގުޅިގެން ފުލުހުންގެ ޓީމެއް މާދަމާ އިންޑިޔާ އަށް ފުރަނީ

އަޙުމަދު އަދީބުގެ ފަރުވާ އާއި ގުޅިގެން ފުލުހުންގެ އެޑްވާންސް ޓީމެއް މާދަމާގެ ވަގުތެއްގައި އިންޑިޔާ އަށް ފުރުމަށް ހަމަޖެހިފައިވާކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިހެން ވިދާޅުވީ، އަަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި މިއަދު ކުރިޔައްދިޔަ ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޙުމަދު ޢަބްދުލްޣަފޫރު އިންޑިޔާއަށް ދިއުމުގެ ކުރިން، އެޑްވާންސް ޓީމެއްގެ ގޮތުގައި، ފުލުހުންގެ ޓީމެއް މާދަމާ އިންޑިޔާ އަށް ދާނެ. އަދި އެ ދާން ހަމަޖެހިފައިވާ ތަނަށް ގޮސް، ބަލަންޖެހޭ ކަންކަން ބައްލަވާނެ. އަޙުމަދު ޢަބްދުލްޣަފޫރަކީ ދަޢުލަތުގެ މަޞްލަޙަތު ހިމެނޭ ވަރަށް ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވޭ ފަރާތެއްކަމަށްވާތީ، އަދި މިހާރުވެސް ހިނގަމުންދާ މައްސަލަތަކެއްގައިވެސް ހިމެނޭ ފަރާތަކަށްވާތީވެ، އަޅުގަނޑުމެންގެވެސް ދައުރެއް އެބަ އޮތް، އަދީބު ސަލާމަތީ ކަންކަން ހަމަޖެއްސުމާއި، އެނބުރި ރާއްޖެ އަންނާނެކަން ކަށަވަރުކޮށް އެކަންކަން ރަނގަޅަށް ބެލުމަށް" ހަމީދު ވިދާޅުވިއެވެ.

އަދީބުގެ މައްޗަށްކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ވެފައިވާ ވީ ނަމަވެސް، އަދީބުގެ މައްޗަށް ދައުވާކުރާ ވަރަށް ގިނަ މައްސަލަތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް