މިނާފުށް ލައްވާ ބަޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް

މިނާ ފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 1:32 ހާއިރު އިސްލާމިކް ޔުނިވާސިޓީގެ ފުރަގަހުގައި އޮންނަ ޕާކު ތެރޭގައި ތިބި ބައެއްގެ ކައިރީގައި މިނާފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ބާއްވާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ރޭ ފުލުހުން ސުވާލުކުރި މީހާ ދޫކޮށްލި ނަމަވެސް ބަޑި އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ