ޖާނުން ފިދާވެގެން ލަންކާއަށް ހަމަލާދިން ޒަހްރާންއާއި ގުޅުން އޮތް މީހަކު އިންޑިއާ އިން ހައްޔަރުކޮށްފި

ސްރީލަންކާގެ ބައެއް ފައްޅިތަކަށާއި އަދި ބައެއް ހޮޓާތަކަށް މިދިޔަ އޭޕްރީލް މަހުގައި، ޖާނުން ފިދާވެގެން ބޮމުގެ ހަަމަލާދިން ޒަހްރާން ހާޝިމީގެ އެކުވެރިއެއް އިންޑިއާގެ ޓެމިލްނާޑޫ އިން ހައްްޔަރުކޮށްފި އެވެ.

އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަންް އެޖެންސީން (އެންއައިއޭ) އިން އައިއެސް އާ ގުޅުން ހުރި މީހުން އުޅޭ ކަމަށް ބެލެވޭ ހަތް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ މުހައްމަދު އަޒަރުއްދީން ނަމަކަށް ކިޔާ މީހެކެވެ.

ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގެ މާސްޓަރ މައިންޑް ލަންކާގެ ނެޝަނަލް ތައުހީދު ޖަމާއަތުގެ ވެރިޔާ ޒަހްރާން ހާޝިމީގެ އެކުވެރިޔާ ހައްޔަރުކޮށްފައިވަނީ ކުރީ ޓެމިލްނާޑޫގެ ކޮއިމްބަތޫރުންނެވެ.

އެންއައިއޭ އިން ތުހުމަތުކުރާ ގޮތުގައި، ކޮއިމްބަތޫރުގައި އައިއެސް ފިކުރު ފަތުރާ މީހުންގެ ތެރެއިންް އެންމެ އިސް މީހަކީ ޖާނުން ފިދާވެގެން ބޮމުގެ ހަަމަލާދިން ޒަހްރާން ހާޝިމީގެ އެކުވެރިޔާއެވެ.

އޭޕްރީލް މަހު ލަންކާއަށް ދިން ނިރުބަވެރި ހަމަލާގައި ހަމަލާތަކުގައި 250 މީހުން މަރުވެފައިވާއިރު، 500 އަށްވުރެގިނަ މީހުން ޒަހަމްވިއެވެ.

ސްރީލަންކާގައި މުސްލިމުންގެ ނިސަބަތް މަދު ނަމަވެސް ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަކީ ނިސްބަތުން ތަނަވަސް ބަޔެކެވެ. މިކަމުގެ ސަބަބުން މީގެ ކުރިންވެސް ސްރީލަންކާގެ ބުޑިސްޓުންވަނީ ސްރީލަންކާގެ މުސްލިމް ވިޔަފާރި ތަކަށް ގެއްލުން ދިނުންފަދަ ކަންތައް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް