އަދީބު ފުރަން އެއާޕޯޓުގައި - ފޮޓޯ: މީސްމީޑިއާ

އަދީބު އިންޑިޔާ އަށް ފުރާވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބު ޢަބްދުލްޤަފޫރު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އޭނާ ފުރައިވަޑައިގަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ.

އޭނާ އެ ގައުމަށް ވަޑައިގަންނަވަނީ ކަރެކްޝަންސްގެ ތިން އޮފިޝަލުންނާއި ފުލުހުންގެ ތިން އިފިޝަލުންގެ ބެލުމުގެ ދަށުންނެވެ. އަދީބު މިއަދު ފުރައިވަޑައިގެންފައިވާ އިރު އޭނާ އިންޑިއާގައި ހުންނަވާ ތަން ބަލާ ފާސް ކުރުމަށް ފުލުހުންގެ ދެބޭފުޅުންގެ ޓީމެއްވެސް އިއްޔެ ވަނީ ގޮސްފައެވެ.

އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމުގެ މައްސަލައިގައި ފުލުހުންނާއި ކަރެކްޝަންސް އަދި ކަސްޓަމުގެ ވެރިންގެ އިތުރުން ހޯމް މިނިސްޓަރ ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ހޯމް މިނިސްޓަރ މަޖިލީހުގައި ވިދާޅުވީ، މިއަދު އަދީބު ފުރާނެ ކަމަށާއި، މިމަހުގެ 26 ގައި އެނބުރި އަންނާނެ ކަމަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ފުރާފައި މިވަނީ 1 އަހަރު ދުވަހުގެ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް