11 މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ފަރަށް އަރައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، 11 މީހުންނާއެކު ދަތުރުކުރި މި ސަފާރީ ގއ.ވިލިނގިލީ ކައިރީ އޮންނަ ފަޅު ރަށެއްގެ ފަރަށް އެރައިގެން އެމްއެންޑީއެފް ސަދަރން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެ ސަރވިސް އަށް ލިބިފައިވަނީ މިރޭ 06:10 ގައި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.

ފަރަށް އެރި "ސަންސީކަރ" ނަމަށް ކިޔާ މި ސަފާރީގައި ތިން ދިވެހިންނާއި، ހަ ބިދޭސީން އަދި ދެ ފަތުރުވެރިން ތިބިކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މި ސަފާރީ ފުންކުރުމަށް، ސަފާރީގެ ވެރިފަރާތުން އެހެން ދޯންޏެއްގެ އެހީތެރިކަން ހޯދަމުންދާކަމަށްވެސް އެ ސަރވިސަސް އިން ވިދާޅުވިއެވެ.
ސަފާރީއެއް ފަރަށް އެރިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅެއް ނޫނެވެ.