ސިޔާސީގޮތުން ޚިޔާލު ތަފާތުވިޔަސް ފަށާފައިވާ މަޝްރޫޢުއެއް ނުހުއްޓޭނެ - މިނިސްޓަރ ހުސައިން

ސިޔާސީގޮތުން ޚިޔާލު ތަފާތުވިނަމަވެސް، ރައްޔިތުންނަށް މަންފާވާގޮތަށް ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަސައްކަތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަން ވިދާޅުވެއެޖެއެވެ.

ޔޫއެންޑީޕީގެ ގްރީން ކްލައިމެޓް ފަންޑުގެ އެހީގެ ދަށުން ރ.މަޑުއްވަރީގައި ޤާއިމުކުރާ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ގްރީން ކްލައިމެޓް ފަންޑުގެ ދަށުން މިދިޔަ ސަރުކާރުގައި ހަމަޖައްސާފައިވާ ގިނަ ޕްރޮޖެކްޓްތައް ހުރިކަމަށާއި، އެ ޕްރޮޖެކްޓުތައް މިއަހަރު ފުރިހަމަކުރައްވާނެކަމަށެވެ.

"މިއީ ކުރީ ސަރުކާރުން ފެށި މަސައްކަތެއް ނަމަވެސް މިކަމުގައި ސިޔާސީ ކުލައެއް ނުޖައްސާނަން، މަސައްކަތް ފަހެއް ނުކުރާނަން." މިނިސްޓާރ ވިދާޅުވިއެވެ.

ރ.އަތޮޅު މަޑުއްވަރީގެ އިތުރުން ބ.ދަރަވަންދޫއާއި، ހދ.ނޮޅިވަރަމްފަރާއި ށ.ފޯކައިދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ޔޫއެންޑީޕީގެ ގްރީން ކްލައިމްޓް ފަންޑުގެ ހިލޭ އެހީ ވަނީ ދީފައެވެ. އަދި ހޫނު މޫސުމުގައި ބޯފެނަށް ޖެހުން ހުއްޓުވުމަށް، އުތުރުގެ 25 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމް ޤާއިމުކުރުމަށްވެސް ޖީސީއެފުންވަނީ ރާއްޖެއަށް އެހީ ދީފައެެވެ. 

ޑރ.ހުސައިން ރަޝީދު ހަސަން މިހެން ވިދާޅުވިއިރު، އެއާޕޯޓް މަޝްރޫއުތައް ފަދަ ބިޔަ މަޝްރޫއުތައް ނިންމުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ