އެމެރިކާއަށް ޖާސޫސް ކޮށްދިނުމުގައި ޑެންމާކުން އެހީވިކަމުގެ ތުހުމަތު

ވިލާތުގެ ގައުމުތަކުގެ ސިޔާސީ ލީޑަރުންނާ ގުޅޭ މައުލޫމާތު ހޯދައި އެމެރިކާއަށް ޖާސޫސް ކޮށްދިނުމުގައި ޑެންމާކުގެ ސީކުރެޓް ސާރވިސްއިން އެހީތެރިވެދީފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ޑެންމާކުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖާސޫސް ކުރުމުގެ ހަރަކާތްތައް ދެގައުމުން ގުޅިގެން ހިނގައިފައިވަނީ 2012 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. މިގޮތުން ޖާސޫސް ކުރި ލީޑަރުން ހިމެނޭ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ސުވިޑިން، އަދި ނޯވޭ ހިމެނެއެވެ.

ޑެންމާކުގެ ޕަބްލިކް ސާރވިސް ބުރޮޑްކާސްޓަރ (ޑީއާރު) އިން އާންމުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އެމެެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން ޑެންމާކުގެ ޑިފެންސް އިންޓެލިޖެންސް ސާރވިސްއާއި ގުޅިގެންވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސީ ލީޑަރުންގެ ފޯނުކޯލުތައް އަޑުއަހައި އަދި ޓެކްސްޓް މެސެޖުތައް ބަލައިފައެވެ. މިކަން ދެގައުމު ގުޅިގެން ކޮށްފައިވަނީ ޑެންމާކްގެ އިންޓަނެޓް ކޭބަލްތަކުގެ ޒަރީއާއިންނެވެ.

އެމެރިކާގެ ވިސްލް ބުލޯވަރ އެޑްވަޑް ސްނޯޑަން މީގެކުރިންވެސް އެމެރިކާއިން މިފަދަ ޖާސޫސީ ހަރަކާތެއް ހިނގާކަން ފަޅާއަރުވާލައިފައި ވެއެވެ. ސްނޯޑަން އެއިރު ބުނެފައިވަނީ އެމެރިކާއިން 2013 ވަނަ އަހަރު ޖަރުމަނުވިލާތުގެ ޗާންސެލާރގެ ފޯނުކޯލުތައް ސިއްރުން އަޑުއަހަމުން ގޮސްފައިވާ ކަމަށެވެ.

ސްނޯޑަންގެ ވާހަކަތަކާއި ގުޅިގެން ވައިޓްހައުސްއިން އޭރު ބުނެފައިވަނީ ބުނީ އަންޖެލާ މާކެލްގެ ފޯން ބަގްކޮށްފައި ނުވާނެ ކަމަށާއި، އަދި ކުރިމަގުގައި ވެސް އެކަން ނުކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ