ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޚާއްސަ ބަލިތަކަށް ފަރުވާލިބޭ ހޮސްޕިޓަލްތައް ޤާއިމުކުރަނީ

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޚާއްސަ ބަލިތަކަށް ފަރުވާލިބޭ ހޮސްޕިޓަލްތައް ޤާއިމުކުރަން ނިންމައިފައިވާކަން ހެލްތް މިނިސްޓުރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓުރީން މިކަން ހާމަކޮށްފައިވަނީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެވެ.

އަމީން ވިދާޅުވީ، ސަރުކާރުންވަނީ ޖުމްލަ ދިހަ ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިންމާފައި ކަމަށެވެ. އަދި މީގެ ތެރެއިން ފަސް ސަރަޙައްދެއްގައި ތަރައްޤީކުރާނީ އެކި ބަލިތަކަށް ޚާއްސަ ހޮސްޕިޓަލްތައްކަމަށެވެ. އެގޮތުން ޚާއްސަ ކުރަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އަދި އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލު ކަމަށެވެ.

މިހުރިހާ ހޮސްޕިޓަލްތައް ސްޕެޝަލައިޒްކުރާ ދާއިރާތައް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް