ހަލާލް ލެބޯރެޓަރީއެއް ރާއްޖޭގައި ޤާއިމްކުރަނީ

ރާއްޖޭގެ އުފެއްދުންތަކަށް ހަލާލް ސެޓްފިކެޓް ދޫކުރުމަށް، ނެޝަނަލް ހަލާލް ލެބޯރެޓަރީއެއް ގާއިމުކުރުމުގެ މަޝްރޫއު މާދަމާ ފަށާ ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފޯރަމަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފައިވާ މިމަޝްރޫއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 9.2 މިލިއަން ރުފިޔާ އެވެ. މިމަޝްރޫއުގެ ސަބަބުން ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް ހަލާލް ސެޓްފިކެޓް ހޯދުމަށް މިހާރު ދިމާވާ ގޮންޖެހުންތައް ނައްތާލެވިގެންދާނެކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.

މިހާރު ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް ބައިނަލްއަގްވާމީ ފެންވަރުގެ ޙަލާލް ސެޓްފިކެޓް ލިބެނީ ރާއްޖެއިން ބޭރުގެ ލެބޯރެޓަރީތަކުގައި ތަކެތި ތަހުލީލުކޮށް، ގިނަ ދުވަސްތަކެއްފަހުންނެވެ.

އިސްލާމިކް މިނިސްޓްރީން 2013 ވަނަ އަހަރު ހެދި ޤަވާއިދެއްގެ ދަށުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މުދަލަށް ޙަލާލް ސެޓްފިކެޓް ދޫކުރަމުންދެއެވެ. ރާއްޖެއަކީ އިސްލާމީ ބައެއް ގައުމުތަކަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރަމުންދާ ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް