ހެރިންސް އަންމަޑޭ ބަލިކޮށް، ފެލިދޫ ދާއިރާގެ ކޮންގްރެސް ޓިކެޓް ފަޒުލް ކަށަވަރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ގޮންގްރެސް ޕްރައިމަރީ ކާމިޔާބުކޮށް، އެ ދާއިރާގެ ޓިކެޓް އެމްޑަބުލިއުއެސްސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީރު ކަށަވަރު ކުރައްވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ކޮންގްރެސް ޕްރައިމަރީ ފަޒުލް ކާމިޔާބު ކުރެއްވީ، ބޮޑު ތަފާތަކުން ޕްރައިމަރީގައި ވާދަކުރެއްވި ބާކީ ދެ ކެންޑިޑޭޓުން ބަލިކުރެއްވުމަށްފަހުއެވެ.

ތުލުސްދޫ ދާއިރާގެ ޕަރައިމަރީގައި 326 މީހުން ވޯޓުލާފައިވާއިރު، ފަޒުލް ވަނީ 216 ވޯޓު ހޯއްދަވާފައެވެ. ފަޒުލްއާ ވާދަކުރި އަޙްމަދު ނާޒިމް (ހެރިންސް އަންމަޑޭ) އަށް 66 ވޯޓް ލިބިވަޑައިގެންނެވިއިރު، ޢަބްދުލް މުހައިމިން ނަޞީރަށް ލިބިވަޑައިގެންނެވީ 43 ވޯޓެވެ.

ފެލިދޫ ދާއިރާގެ ކޮންގްރެސް ޓިކެޓް އިބްރާހީމް ފަޒުލް ރަޝީރު ކާމިޔާބު ކުރެއްވިއިރު، މި އިންތިޚާބުގައި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ކެންޑިޑޭޓުން ނެރެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ގޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަނުންނެވެ.

ފަޒުލްއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ފެން ކުންފުނި މާލޭ ވޯޓަރ އެންޑް ސެވެރޭޖަސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވައި، ޔާމީންގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ފެލިދޫ ދާއިރާގެ އިތުރުން އިތުރު ފަސް ދާއިރާއެއްގެ ކޮންގްރެސް ޕްރައިމަރީ މިއަދު ބާއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް