ޑެންމާކްގެ އެރިކްސަން ދަނޑު މައްޗަށް ވެއްޓި ސީޕީއާރު ދޭން ފަށައިފި

ޔޫރޯ 2020 ގައި ޑެންމާކް އަދި ފިންލޭންޑް މިހާރު ބައްދަލު ކުރަމުންދާ މެޗުގައި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި ސީޕީއާރު ދޭން ފަށައިފިއެވެ.

މެޑިކަލް ޓީމުން އެރިކްސަންއަށް ދަނޑުމަތީ ފަރުވާ ދެމުން އަންނައިރު، މެޗުގެ ކުޅުން މިވަގުތު އޮތީ މެދު ކަނޑާލާފައެވެ.

އިތުރު ފަރުވާއަށް އެރިކްސަން ދަނޑުން މިހާރު ބާލާފައިވާއިރު، މިމެޗު މިހާރުވަނީ ހުއްޓާލާފައެވެ. އެއާއެކު ދެ ޓީމުގެ ކުޅުންތެރިންވެސް މިހާރުވަނީ ދަނޑުން ފައިބާފައެވެ.

އިންޓަރމިލާންއަށް ކުޅެމުން އަންނަ އެރިކްސަންއަކީ ޑެންމާކުގައި މިވަގުތު ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ.

ކޯޕަންހޭގަންގައި ކުޅުނު މިމެޗު ޔޫއެފާއިން މިހާރުވަނީ މެޑިކަލް އިމަޖެންސީއާއި ގުޅިގެން ސަސްޕެންޑް ކޮށްފައެވެ. 43 ވަނަ މިނަޓްގައި އެރިކްސަން ހޭނެތިގެން ވެއްޓެނީ ބޯޅައަށް ދުވަނިކޮށެވެ. އަދި އެރިކްސަން ދަނޑުން ބާލާފައިވަނީ 10 މިނަޓަށްވުރެ ގިނައިރު ވައްދެން ސީޕީއާރު ދިނުމަށް ފަހުގައެވެ.

މިމެޗުގައި ހިނގާދިޔަ ހާދިސާއާއެކު، މެޑިކަލް އިމަޖެންސީއާއި ގުޅިގެން ޔޫއެފާއިން މިމެޗު ސަސްޕެންޑް ކޮށްފައިވާއިރު، ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއްނުވެއެވެ. ޑެންމާކު އޮތީ ޔޫރޯ 2020 ގެ ގްރޫޕް ބީ ގައެވެ. ޑެންމާކްގެ އިތުރުން މިގްރޫޕްގައި ދެން އުޅެނީ ފިންލޭންޑް، ބެލްޖިއަމް އަދި ރަޝިއާއެވެ.

އެރިކްސަން ދަނޑުން ބާލަނީ......

2010 ވަނަ އަހަރު އުމުރުން 18 އަހަރުގައި ޑެންމާކް ޤައުމީ ޓީމަށް ކުޅެން ފެށި އެރިކްސަން ވަނީ މިހާތަނަށް 108 މެޗް ކުޅެނީ 36 ލަނޑު ކާމިޔާބުކޮށްދީފައެެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ