ކުޑަކުއްޖަކު ރަހީނުކޮށް މަރާލައިފައި އޮއްވާ ފެނިއްޖެ

އުމުރުން 13 އަހަރުގެ ފިިރިހެން ކުއްޖަކު ރަހީނުކޮށް މަރާލަަައިފިއެވެ.

ފުލުހުން ވިދާޅުވީ،  އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ 2:38 ގައި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ދެމީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ  17 އަހަރާއު 27 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

އެގޮތުން އެކުއްޖާގެ މޫނު ނޭނގޭ ވަރަށް މޫނަށް އަނިޔާކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭއިރު، އެކުއްޖާގެ ކަރުގައި ވެސް ބާރަށް އެއްޗެއް ބަނދެފައިވާ ކަމުގެ ނިޝާންތައް ހުރިކަން އެނގިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ތަހުޤީގުކުރުމަށް މިއަދު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، އިންސާނީ ހައްގުތަކާއި ބެހޭ އިދާރާ (އެޗްއާރުސީއެމް) އިންވެސް މި މައްސަލަ ވަނީ ބަލަން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
1251
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ