ދިގު މުއްދަތުގެ ތެރޭގައި ސްޓޫޑެންޓް ލޯނު ދެއްކޭނެ ނިޒާމު ހަމަޖައްސައިދީފި

ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް ކުޑަކޮށް، ދިގު މުއްދަތުގެ ތެރޭގައި އަނބުރާ ދެއްކޭނެ ނިޒާމެއް ގާއިމުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނުގައި ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިވެގެން 1 ޖަނަވަރީ 2019ގެ ކުރިން ނަގާފައިވާ ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް 5 އިންސައްތައިން 3 އިންސައްތައަށް ކުޑަކުރުމާއި، ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ އަނބުރާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ އަނބުރާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

މިކަމާއި ގުޅުންހުރި އިދާރީ މަސައްކަތްތައް ނިމިފައިވާތީ މިއަދުން ފެށިގެން މި ފުރުސަތު އާންމުކޮށް ހުޅުވާލާކަމަށް އިއުލާންގައި ބުނެފައިވާއިރު، މި ހިދުމަތައް އެދެން ބޭނުން ފަރާތްތަކުން ސިޓީއަކުން ނުވަތަ އީމެއިލް( fund@mohe.gov.mv) މެދުވެރިކޮށް އަ.އި.ޑީ ކާޑު ކޮޕީއާއި އެކު ހުށަހެޅުއްވުމަށް މިނިސްޓްރީން އެދިފައިވެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މި މައުލޫމާތު ވެރިފައިކުރުމަށްފަހު ބޭންކް އޮފް މޯލްޑިވްސްއާއި ހިއްސާކުރުމުން، މިކަމާއި ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދަވާނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް މި އިއުލާންގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް