އައިޖީއެމް ހޮސްޕިޓަލް - ފޮޓޯ: ޕޮލިސް

އައިޖީއެމްއެޗްގައި ސީޓީ ސްކޭންގެ ހިދުމަތް އަލުން ފަށައިފި

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލި، ސީޓީ ސްކޭންގެ ހިދުމަތް އަލުން ފަށައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން، ސީޓީ ސްކޭން މެޝިނަށް ކަރަންޓް ދިނުމަށް ދިމާވި މައްސަލަ ހައްލުކޮށް އިއްޔެ ހަވީރު 6:00 އިން ފެށިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އައިޖީއެމްއެޗުގައި ސީޓީ ސްކޭން ހެދުން މެދުކެނޑިފައިވާތީ، އިމަޖެންސީކޮށް ސީޓީ ހަދަން ޖެހޭ މީހުން ޓްރީ ޓޮޕަށް ފޮނުވަން ސަރުކާރުގެ މައި ހޮސްޕިޓަލުން ނިންމި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލްގެ ސީޓީ ސްކޭން މެޝިނާއި އައިޓީ ބައެއް ތަކެއްޗަށް ބެކަޕް ކަރަންޓު ދޭން ބޭނުންކުރާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރި ބޭންކްގައެވެ. ނަމަވެސް އަލިފާންގަނޑު ނުފެތުރެނީސް ސިފައިން ވަނީ ނިއްވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް