އީޔޫ އިން ރާއްޖެއަށް ފިޔަވަޅު ނާޅަން ނިންމައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ފިޔަވަޅު އެޅުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި 16 ގައި ފާސްކުރި އޮނިގަނޑު އުވާލައި ރާއްޖެއަށް ފިޔަވަޅު ނާޅަން ނިންމައިފި އެވެ.

އީޔޫއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އީޔޫއިން ފާސްކުރި އެ އޮނިގަނޑު އުވާލަން ނިންމީ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ސިޔާސީ މަސްރަހު މީގެކުރިއާ އަޅާބަލާއިރު ހަމައަކަށް އެޅިފައިވާތީ ކަމަށެވެ.

އީޔޫން އޭރު ފާސްކުރި، ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފްރޭމްވޯކްގައި ވަނީ ރައީސް ޔާމިން ސަރުކާރުގެ ބައެއް އިސްވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު އީޔޫގެ މެންބަރު ގައުމުތަކަށް ދީފައެވެ.

އީޔޫއިން މިއަދު ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއަހަރުގެ މާޗްމަހު އީޔޫއާއި ރާއްޖޭއާއި ދެމެދު ބޭއްވުނު ބައްދަލުވުމުގައި ރާއްޖެއިން ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ހަރުދަނާ ފިޔަވަޅުތައްއަޅައި، އިންސާނީ ހައްގުތައް ގޮވާލުމަށް އެއްބަސްވެފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ކާފު

    އޭުގެ ސަރުކާރުގެ މީހުންނަށް ފިޔަވަޅު އަޅަން ނިންމި ކަމެއް މިހާރު ސަރުކާރު ބަދަލުވީމައި ނުވާނެދޯ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް