މިނިސްޓަރު ކުޅުދުއްފުށީގެ ކުނީގެ ހާލަތު ބައްލަވާލައްވަނީ - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީގެ ކުނީގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައި – މިނިސްޓަރ ހުސައިން ރަޝީދު

ހދ.ކުޅުދުއްފުށީގެ ކުނި މެނޭޖް ނުކުރެވި، ކުނީގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް އެންވަރަޔަމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކުނި އަޅާ ސަރަހައްދަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުށީގެ ކުނި މެނޭޖް ނުކުރެވި، ކުނީގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ކުނީގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވަނީ ކުނި މެނޭޖްކުރުމަށް ކައުންސިލްގައި ހުރި ދަތިތައް ބައްލަވާފައެވެ. އެއަށްފަހު މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުށީގެ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ހޯދޭނީ ކައުންސިލުން މަސައްކަތަށް ކޮށްގެން ކަމަށާއި، ކުނި މެނޭޖްކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ކުޅުދުއްފުށީ ކައުންސިލަށް މިނިސްޓްރީން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

ކުނި މެނޭޖްކުރުމުގެ އެއްވެސް މަސައްކަތެއް ކައުންސިލުން ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި، މިނިސްޓަރު ވިދާޅުވީ، ވީހާވެސް އަވަހަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުން އެދިލައްވާ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އުފެދޭ ކުނި ރަށު ކައުންސިލަށް މެނޭޖް ނުކުރެވޭނަމަ، ވެމްކޯއާ ހަވާލުކޮށްގެންވެސް މަސައްކަތް ފަށަން ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ، ވެމްކޯއާ ހަވާލުކޮށްގެން ކުނި މެނޭޖްކުރަން ވަގުތު ނަގާނެ ކަމަށާއި، ކުނި މެނޭޖް ކުރުމަށް ރައްޔިތުން ހޭލުންތެރިކުރަންވެސް ޖެހޭ ކަމަށެވެ. އެންވަޔަރަމެންޓް މިނިސްޓަރުގެ އަރިހުގައި އީޕީއޭ ޑިރެކްޓަރު ޖެނެރަލް އާއި ވެމްކޯގެ އެމްޑީވެސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ