ޕާޓްނާޝިޕް ފޯރަމްގެ ފުރަތަމަ ދުވަސް ކާމިޔާބު ކަމާއެކު ނިންމާލައިފި

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ފުރަތަމަ ދުވަސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މިޕާޓްނާޝިޕް ފޯރަމްގައި ގިނަ ކަންތައްތަކާއި މަޝްވަރާ ކުރެވިފައިވާއިރު މިފޯރަމްގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން ބައިވެރިވެފައިވެއެވެ.

ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މަޢުލޫމާތު ދިނުމަށް ފޯރަމްގައި ރާވާފައިވާއިރު ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކަކަށް އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށްވެސްވަނީ ރާވާފައެވެ.

މިފޯރަމްގެ ފުރަތަމަ ދުވަސް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މިސަރުކާރުން ކުރިއަށް ގެންދިޔުމަށް ރާއްވަވާފައިވާ ގިނަ މަޝްރޫޢުތަކަކާ ގުޅޭ މަޢުލޫމާތު ފޯރަމްގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. އަދި ބައިވެރިންގެ ސުވާލުތަކަށް މިނިސްޓަރުން ވަނީ ޖަވާބު ދެއްވާފައެވެ. 

މޯލްޑިިވްސް ޕާރޓްނަރޝިޕް ފޯރަމް 2019 – ފޮޓޯ: ރައީސް އޮފީސް

މިމަޝްރޫއުތަކަށް ބައިވެރިންގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް، މަޝްރޫޢުތަކާގުޅޭ މަޢުލޫމާތުތައް އޮޅުންފިލުވާފައިވެއެވެ.

"ސާޅީހަކަށް މަޝްރޫޢު މިވަނީ މިފޯރަމްގެ ބަހުސްގެ ތެރެއަށް ހުށަހެޅިފައި، ފޯރަމްގެ ތެރެއިން އެމަޝްރޫއުތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އެބަގެންދަވާ، މިއަދުވެސް ބައެއް މަޝްރޫޢުތަކުގައި މިވަނީ ސޮއިކުރެވިފައި، ބައެއް ހިލޭ އެހީ އަދި އެހެނިހެން ފަންނީ އެހީގެ ސޮއިކުރެވިއްޖެ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަށް 1.6 ބިލިއަން ޑޮލަރު ނުވަތަ 24.6 ބިލިއަން ރުފިޔާގެ މަޝްރޫޢު ހުށަހަޅާފައިވާއިރު، މިފޯރަމްގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ހިންގާނެ ފަރާތްތައް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް