ޕާކިސްތާނުގައި ބަހެއް ގޮވައި އޭގެން ދަތުރުކުރި ޗައިނާގެ އިންޖިނޭރުންތަކެއް މަރުވެއްޖެ

ޕާކިސްތާނުގައި ބަހެއް ގޮވައި އޭގެން ދަތުރުކުރި 13 މީހުން މަރުވެއްޖެއެވެ. މި 13 މީހުންގެ ތެރޭގައި ޗައިނާގެ ނުވަ އިންޖިނޭރުންވެސް ހިމެނެއެވެ.

ޗައިނާއިން ތުހުމަތުކުރާ ގޮތުގައި ބަސް ގޮވައިފައިވަނީ ބޮމެއްގެ ސަބަބުންނެވެ. ނަމަވެސް، ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ބުނީ ބަސް ގޮވައިފައިވަނީ މެކޭނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި ބަސް ގޮވައިފައިވަނީ، 30 ވުރެ ގިނަ މީހުން ގޮވައިގެން ކޮހިސްތާން ރީޖަންގައި ހުންނަ ހައިޑްރޯޕަވަރ ޕުލާންޓަކަށް ދަތުރުކުރަމުން ދަނިކޮށެވެ. ފަރުބަދަމަތީ މަގަކުން ބަސް ދަތުރުކުރަމުން ދަނިކޮށް މި ގޮވުން ގޮވުމާއެކު ބަސްވަނީ މަގުން ކަހާލައި ހަލުވިދުވެލީގައި ފަރުބަދަމަތިން ތިރިއަށް ފައިބައިފައެވެ.

މަރުވި މީހުންގެ ތެރޭގައި ސިފައިންގެ ދެމީހުންވެސް ހިމެނޭއިރު ގިނައަދަދެއްގެ ބަޔަކަށްވަނީ އަނިޔާވެފައެވެ. އަނިޔާވި ފަރާތްތައްވަނީ ވައިގެމަގުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

ދާސޫ ހައިޑްރޯޕަވަރ ޕުރޮޖެކްޓަކީ ޗައިނާއާއި ޕާކިސްތާން ގުޅިގެން ކުރިއަށް ގެންދާ 65 ބިލިއަން ޑޮލަރުގެ ޕުރޮޖެކްޓެކެވެ. މި ޕުރޮޖެކްޓުގެ ދަށުން މަގުތަކާ، ރޭލުވޭ ދަގަނޑުތަކާ، އަދި ދެގައުމުގެ ތެރޭގައި ހޮޅި އެޅުން ހިމެނެއެވެ.

ޕާކިސްތާނުގައި އުޅޭ ޗައިނާ ރައްޔިތުންގެ ސެކިއުރިޓީ މައްސަލައަކީ ޗައިނާގެ ބޮޑު ކަންބޮޑުވުމެކެވެ. ގިނަ ޕްރޮޖެކްޓުތަކުގައި ޗައިނާ ރައްޔިތުން ޕާކިސްތާނުގައި އުޅެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ