ވަގަށް ނެގި ބައިސްކަލެއް ސީސީ ޓީވީ ފުޓޭޖް ބަލައިގެން ފުލުހުން ހޯދައިފި

ވަގަށް ނަގައިގެން ގެންގޮސްފައިވާ ބައިސްކަލެއް ސީސީޓީވީ ކެމަރާތައް ބަލައިގެން ފުލުހުން ހޯދައިފިއެވެ.

ފުލުހުނާ ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހު ބައިސްކަލެއް ގެއްލުނު ކަމަށް ބުނެ ފުލުހުންނަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެން، އެކިސަރަހައްދު ތަކުގައި ބެހެއްޓިފަިވާ ކަމެރާތަކުގެ އެހީގައި ގެއްލުނު ބައިސްކަލު މިހާރު ވަނީ ހޯދިފައި ކަމުގައެވެ.

ގެއްލުނު ބައިސްކަލުގެ ވެރިފަރާތާއި ބައިސްކަލު މިހާރު ވަނީ ހާވާލުކޮށްފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ. ނަމަވެސް މި މައްސަލަ މިހާރު މިހާރު ދަނީ ތާހުގިގު ކުރެވެމިންނެވެ.

ފަހަކަށް އައިސް މިފަދަ ކަންކަމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ދަނީ ނަމޫނާ ދައްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް