ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަ ވަގުތުން ތަޙްޤީޤު ކޮމެޓީއަށް ފޮނުވާގޮތަށް ބަދަލުކޮށްފި

ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ވަގުތުން ތަޙްޤީޤު ކޮމެޓީއަށް ފޮނުވޭގޮތަށް އެ ކޮމިޝަނުގެ ގަވާއިދު އިސްލާޙް ކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ، ިއިއްޔެ ބޭއްވި ޖޭއެސްސީގެ 34 ވަނަ ބައްދަލުވުމުން އެ ކޮމިޝަނުގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާ އިސްލާޙްކޮށް ފުރަތަމަ މަރުޚަލާގެ ރިޕޯޓް ތައްޔާރު ކުރަން ނުޖެހޭގޮތަށް ނިންމައިގެންނެވެ.

ޖޭއެސްސީ އިން ވިދާޅުވީ އެ ކޮމިޝަނުގެ ހިންގާ ގަވާއިދަށް އެ ބަދަލު ގެންނެވީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމުގެ ބޭނުމުގައި ކަމަށެވެ.

"މި އިސްލާހުން ނުކުންނަ ނަތީޖާއަކަށް ވެގެންދާނީ މިހާރު ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅުމުން، އެއީ ކޮމިޝަނުން ބެލިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ކޮމިޝަނުގެ ޤާނޫނީ ވަކީލުން އެކުލަވާލަންޖެހޭ ފުރަތަމަ މަރުޚަލާގެ ރިޕޯޓް އެކުލަވާލަން ނުޖެހި، އޭގެ ބަދަލުގައި ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއްނަމަ އެމައްސަލަ ވަގުތުން ތަޙްޤީޤު ކޮމިޓީއަކާ ހަވާލުކުރެވިގެން ދިއުން." ޖޭއެސްސީ އިން ވިދާޅުވިއެވެ.

ޖޭއެސްސީގެ ގަވާއިދަށް މިފަދަ ބަދަލެއް ގެންނެވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ވަނީ އެ ކޮމިޝަނަށް ހުށަހެޅިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް