ދެ މިނިސްޓްރީ އަކަށް ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުން ހަމަޖައްސަވައިފި

ފިޝަރީޒް މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ރ. މަޑުއްވަރީ ހުސްނޫވިލާ، ނަސްރުﷲ ހުސައިން އައްޔަން ކުރައްވާފައިވާއިރު މިނިސްޓްރީ އޮފް ޖެންޑާ އަށް އައްޔަން ކުރައްވާފައިވަނީ، ބ. ތުޅާދޫ، ހަވާއީ އިބްރާހީމް ޒާހިދެވެ.

މި ދެމަގާމަށް 2 ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ވިދާޅުވައިވެއެވެ.

ރަށު ކައުންސިލަރުކަން ކުރައްވާފައިވާ މި ދެބޭފުޅުންނަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް