އިޒްރޭލުގެ މިސައިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގަންނަނީ

އިޒްރޭލުގެ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް އެމެރިކާއިން ގަންނަން ނިންމައިފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މިސައިލް ޑިފެންސް ސިސްޓަމަކީ 2011 ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ ވައިގެ ސިފައިން ބޭނުން ކުރަމުން އަންނަ ސިސްޓަމެކެވެ. މި ސިސްޓަމް އެމެރިކާއަށް ވިއްކުމާއި ގުޅޭގޮތުން އިޒްރާއިލްގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، މިސައިލް ޑިފެންސް ސިސްޓަމް އެމެރިކާއަށް ވިއްކަނީ އެމެރިކާއަށް މިހާރުން މިހާރަށް ބޭނުންވާ ސިސްޓަމަކަށް ވާތީ ކަމަށެވެ.

އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމަކީ އިޒްރޭލު ސަރުކާރުގެ ދިފާއީ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ރަފައިލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްގެ ފަރާތުން ތައްޔާރު ކޮށްފައިވާ ޑިފެންސް ސިސްޓަމެކެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނެފައި ވަނީ އަޔަން ޑޯމް ސިސްޓަމް އަކީ ހުރިހާ މޫސުމެއްގައިވެސް މަސައްކަތްކުރާ، އެއްތަނުން އަނެއްތަނައް ގެންދެވޭ ކާމިޔާބުކަން 90 ޕަސެންޓަށް ވުރެ މަތި ސިސްޓަމްއެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ