ތިން އަތޮޅެއްގެ ފެރީގެ ހިދުމަތް މެދުކެނޑިފައި

ތިން އަތޮޅަކަށް ދެމުންދިޔަ ފެރީގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

މި ތިން އަތޮޅަކީ ދ، ފ އަދި މ އަތޮޅެވެ. މި އަތޮޅުތަކުގެ ކައުންސިލްތަކާއި ހަވާލާދީ އޮންލައިން ނޫސް ސަންގައި ބުނެފައިވަނީ، ފެރީގެ ހިދުމަތް މެދުކަނޑާލައިވާ އޮންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތި ވަމުން އަންނަ ކަމަށެވެ.

މި ސަރަހައްދުތަކަށް ހިދުމަތް ދެމުން އަންނަނީ ވާމިލިއަން ނަމަކަށް ކިޔާ ކުންފުޏަކުންނެވެ. ފެރީގެ ހިދުމަތް ދިނުމަށްޓަކައި މި ކުންފުންޏަށް ރިސޯޓު ހެދުމަށް ދެ ރަށް ދީފައި ވެއެވެ.

ކައުންސިލްތަކާއި ހަވާލާދީ ސަންގައި އިތުރަށް ބުނެފައިވަނީ ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް މިއަދު ގުޅުއްވާ، ފެރީގެ ހިދުމަތް އަލުން ފެށޭތޯ މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައި ވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް