ފެނަކައިގެ ހަތްވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހަތްވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި އެ ކުންފުނީގެ މައި އޮފީހާއި ބްރާންޗުތަކުގައި ފާހަގަ ކުރަން ފަށައިފިއެވެ.

މިގޮތުން މިއަދުވަނީ ފެނަކައިގެ ބުރާންޗުތައް ހުރި ރައްތަކުގައި ދިދަ ނެގުމާއި އަދި ކޭކު ފެޅުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ފެނަކައިގެ އެންމެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރ: 2012/5 ޤަރާރުން މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީއަށް ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދައިފައިވާ ސަރުކާރުގެ ޔޫޓިލިޓީ ކުންފުންޏެކެވެ.

ފެނަކައިގެ 152 ބުރާންޗު ހުރިއިރު 148 އިންޖީނުގެ މިހާރު އެބަހުއްޓެވެ. އަދި 506 ޖެނަރޭޓަރ ސެޓު ހުރިއިރު ފެން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކި ރައްތަކުގައި 24 އާރު.އޯ ފެން ޕުލާންޓް ގާއިމްކޮށްފައިވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުގެ ހުންގާނުގައި މިވަގުތު ހުންނެވީ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

"ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިވަގުތު ސަރުކާރުގެ ސަބުސިޑީއަށް ބަރޯސާވެގެން ހިންގި ނަމަވެސް ކުރިއަށް ފަސްއަހަރު ދުވަހުގެ ތެރޭގައި ފައިދާވާނެ ކުންފުންޏަކަށް ހަދައިދޭނަން" އެމްޑީ ސައީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް