ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބު

ކްރިމަނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ޖޭއެސްސީ އަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފައިވަނީ ފަނޑިޔާރު ހަސަން ނަޖީބުގެ ސުލޫކީ މައްސަލައެކެވެ. އަދި މިމައްސަލައަކީ، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ހަސަން ނަޖީބު މަސައްކަތް ކުރުމެވެ.

ޖޭއެސްސީން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން އެހެން ފަނޑިޔާރުންތަކެއްގެ މައްސަލަ ވެސް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.  ނަމަވެސް އެ ފަނޑިޔާރުންނާއިބެހޭ މައުލޫމާތު ދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަނޑިޔާރު ހަސަން ނަޖީބު ކްރިމަނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓަކަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް