ރަންބީރުގެ ތިން ލޯބިވެރިން އެއް ފިލްމަކުން!

ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާއިން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް، އަދި ކްޓްރީނާ ކައިފް އެކުގައި ފެނިގެންދާނެ ފިލްމް އިއުލާންކޮށްފިއެވެ.

މިއީ މީގެ ކުރިން ނިކުތް ކާމިޔާބު ފިލްމް، "ޒިންދަގީ ނާ މިލޭގީ ދުބާރާ" އަދި "ދިލް ޗަހަތާގެ" ވާހަކައާއި ދާދި އެއް ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ނަމަވެސް ތަފާތަކީ މިފަހަރުގެ ފިލްމްގައި ފެނިގެންދާނީ އަންހެން ތިން ރަހްމަތްތެރިންނެވެ.

"ޒިންދަގީ ނާ މިލޭގީ ދުބާރާ" އަދި "ދިލް ޗަހަތާ" އަކީ މަޝްހޫރު ޑައިރެކްޓަރ ޒޯޔާ އަހްތަރް އާއި ފަރްހާން އަހްތަރުގެ ޑައިރެކްޝަނުން އައި ދެ ފިލްމެވެ. 2001 ވަނަ އަހަރު ނެރުނު ދިލް ޗާހަތާ ފަރްހާން އަހުތަރު ޑައިރެކްޝަނެކެވެ. އަދި 2011 ވަނަ އަހަރު ނެރުނު ޒިންދަގީ ނާ މިލޭގީ ދުބާރާ ޑައިރެކްޓް ކޮށްފައިވަނީ ޒޯޔާ އަހްތަރެވެ. މި ދެ ފިލްމުންވެސް ފެނިގެންދަނީ ރޯޑް ޓްރިޕް އަކަށް ގޮސް އުޅޭ ތިން ފިރިހެން ރަހަމްތެރިންގެ ވާހަކައެވެ.

ތިން އަންހެން ބަތަލާއިން ލައިގެން ހަމަ މި ސްޓައިލަށް ހަދަން ނިންމާ އިއުލާން ކުރި ފިލްމްގެ ނަމަކީ "ޖީ ލޭ ޒަރާ" އެވެ. މި ފިލްމްގެ ޑައިރެކްޓަރަކީވެސް ފަރްހާން އަހްތަރެވެ. އަދި އޭނަގެ ދައްތަ ޒޯޔާ އަހްތަރުވެސް ހަރަކާތްތެރިވާނެއެވެ. ފިލްމްގެ ލީޑުން ފެނިގެންދާ ތިން ބަތަލާއިންނަކީ ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް، އަދި ކްޓްރީނާ ކައިފް އެވެ.

ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ހިންދީ ފިލްމަކަށް އެނބުރި މި އަންނަނީ 5 އަހަރު ފަހުންނެވެ. މި ފިލްމް އިއުލާންކޮށް ޕްރިޔަންކާ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ތިން އަންހެން ރަހްމަތްތެރިން ހިމަނައިގެން ރޯޑް ޓްރިޕް ފިލްމެއް ހެދުމުގެ ވިސްނުން ދިނީ އޭނާ ކަމަށެވެ. އަދި އެ ހިޔާލު ފަރްހާން އާއި ޒޯޔާ އަހްތަރަށް ހުށަހެޅީ ފިލްމެއްގެ ސިފައިގައި ގެނެސްދިނުމަށެވެ.

ޕްރިޔަންކާގް އިތުރުން ކެޓްރީނާ އާއި އާލިއާވެސް ހުރީ މި ފިލްމާމެދު ވަރަށް އުފަލުންނެވެ. މި ފިލްމްގެ ތިން ބަތަލާއިންނަށް މި ތިން ތަރިން ހަމަ ޖެއްސުމުން ބައެއް މީހުން ވަނީ ފާޑުވެސް ކިޔައިފައެވެ. އެއީ ކްޓްރީނާއަކީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާއަށްވެފައި، ރަންބީރާއި ޕްރިޔަންކާއާ ވެސް ކުރިން ލޯބީގެ ގުޅުމެއް އޮތް ކަމުގެ އަޑު ފެތުރިފައި ވާތީއެވެ. އާލިއާ އަކީ ރަންބީރުގެ މިޙާރުގެ ލޯބިވެރިޔާއެވެ.

މިލިޔުން ކިޔާލުމުން
141
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ