ޗެންނާއީ ފެނަށް ޖެހިއްޖެ

އިންޑިއާގެ ދެކުނުން އޮންނަ ސިޓީއެއް ކަމަށްވާ ޗެންނާއީ ގައި ފެން ލިބުން ދަތިވެ ފެނަށް ޖެހިއްޖެއެވެ.

ޗެންނާއީން ފެން ލިބުން ދަތިވުމާއި ގުޅިގެން އެސިޓީގެ ގިނަ ރެސްޓޯރެންޓުތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ. އަދި އާންމު ރައްޔިތުން ފެން ހޯދުމަށްޓަކައި ކިއުތަކުގައި އެތައް ގަޑިއިރަކު ހޭދަކުރަން ޖެހެއެވެ.

ޗެންނާއީ ފެނަށް ޖެހިފައި މިވަނީ ވާރޭ ނުވެހޭތާ ގިނަދުވަސް ވުމުގެ ސަބަބުންނެވެ.

ޗެންނާއީ އަކީ އާބާދީ ބޮޑު ސިޓީއެކެވެ. 2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން ޗެންނާއީ އަކީ އިންޑިއާގައި ހަތްވަނަ އަަށް އާބާދީ އެންމެ ބޮޑު ސިޓީ އެވެ.

ފެން ލިބުން ދަތިވުމާއި ގުޅިގެން ޗެންނާއީގައި މިހާރުވަނީ ހަމަނުޖެހުންވެސް ހިނގަން ފަށައިފައެވެ. މިގޮތުން މިދިޔަ ހަފްތާގައިވެސް ފުލުހުންވަނީ ފެންބެހުމުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ހައްޔަރު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް