އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ކުއްޖަކު ހެލިކޮޕްޓަރުގައި މާލެ ގެންނަނީ

ސައިކަލް އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ކުއްޖަކު ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވީ، ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވެގެން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދަނީ 6 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ މި ކުޑަ ކުއްޖާ އެމްއެންޑީއެފް ހެލިކޮޕަޓަރުގައި މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:20 ގައި ކަމަށާއި، ހެލިކޮޕްޓަރ ޖެއްސުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑު ހެލިޕެޑަށް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އައްޑޫއިން އެކްސިޑެންޓެއްގައި އަނިޔާވި ކުޑަ ކުއްޖަކު އެމްއެންޑީއެފް އިން އެމަޖެންސީގައި މާލެ ގެނައުމުގެ މަސައްކަތް ކުރާއިރު، މާލެއާއި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް