މުރުސީ އަކީ ނުހައްގުން އަނިޔާ ލިބުނު ބޭފުޅެއް - ރައީސް ނަޝީދު

ޝަރީއަތުގެ މަޖިލީހުގައި ކޯޓުގައި އިންނަވަނިކޮށް އިއްޔެ އަވަހާރަވި މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުދީ އަކީ ނުހައްގުން އަނިޔާ ލިބުނު ބޭފުޅެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިހާތަނަށް މިސްރުގައި ހުޅުވާލެވިގެން ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު 2012 ވަނަ އަހަރު އެ ގައުމުގެ ވެރިކަމާ ހަވާލުވި މުރުސީގެ ވެރިކަމަށް އަހަރެއްހާ ދުވަސް ފަހުން، 2013 ވަނަ އަހަރު އަސްކަރިއްޔާ އިން ބަޣާވާތެއް ގެނެސް ވެރިކަމުން ވައްޓާލި އެވެ. އަދި އެއަށް ފަހު، އަވަހާރަވުމާއި ހަމައަށް ހުންނެވީ ޖަލުގައެވެ.

މުރުސީ އަވަހާރަވުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި، އެ މަރަކީ ލަދުވެތި އަދި ހިތާމަވެރި ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ. އެގޮތުން މުރުސީ އަކީ ޖަލުގައި ހުންނަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް މުރުސީ އަކީ ޖަލުގައި ހުންނަވަން ޖެހޭ ބެފުޅެއް ނޫން، އަދި އެ ވެރިކަން ބަޣާވާތަކުން ވައްޓާލައިގެން ވެސް ނުވާނެ އަދި ބަޣާވާތަށް ފަހު އާ ސަރުކާރު އިންޓަނޭޝަނަލް ކޮމިއުނިޓީން ބަލައިގަނެގެން ވެސް ނުވާނެ،" ރައީސް ނަޝީދުގެ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ރައީސް މުރުސީ އަށް ސުވަރުގެ މިންވަރު ކުރެއްވުމަށާއި، އާއިލާ އަށް ކެތްތެރިކަން ދެއްވުމަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް