އިންޑިއާގެ ޓީވީ ޝޯއަކުން "ގޭމް އޮފް ތްރޯންސް"ގެ މަންޒަރެއް ކޮޕީ ކޮށްފި

އިންޑިއާގެ ޓީވީ ޝޯއެއްކަމުގައިވާ "އަލާއްދީ – ނާމް ތޯ ސުނާ ހޯގާ" ނަމަކަށް ކިޔާ ސީރީޒްއަކުން، އެޗްބީއޯ އިން ދާދި ފަހަކުން ނިއްމާލި މަގުބޫލު ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ މުހިއްމު މަންޒަރެއްކަމުގައިވާ، "އާރްޔާ ސްޓާކް" ނައިޓް ކިންގް މަރާލާ މަންޒަރު ހަމަ އެގޮތަށް ކޮޕީކޮށްފި ކަމަށް ގޭމް އޮފް ތްރޯންސްގެ ފޭނުން ބުނެފިއެވެ.

ގޭމް އޮފް ތްރޯންސްގެ 8 ވަނަ ސީޒަންގެ ތިން ވަނަ އެޕިސޯޑުގައި، އާރްޔާ ނައިޓް ކިންގް މަރާލާ މަންޒަރުގައި ފެނިގެންދަނީ، ވަޅިއަކުން ނައިޓް ކިންގް އަށް ހަމަލާދޭން އަންނަނިކޮށް އޭނާ ނައިޓް ކިންގްގެ އަތް ދަށުވެ ވަޅި އޮތް އަތުގައި ހިފަހައްޓާ އަދި ކަރުގައި ހިފާ މައްޗަށް ހިއްލާލާ ވަގުތު, އާރްޔާގެ އެ އަތުން ވަޅި ދޫކޮށްލައި އަނެއް އަތުން ވަޅި ހިފާ ނައިޓް ކިންގް މަރާލާ ތަނެވެ.

އިންޑިއާގެ މި ޓީވީ ސީރީޒްއިން މި މަންޒަރާއި ހަމަ އެއްގޮތަށް މަންޒަރެއް ކުޅެފައިވާއިރު، މިކަން ފާހަގަވި ގޭމް އޮފް ތްރޯންސްގެ ފޭނުން ވަނީ މި މަންޒަރުގެ ވީޑިއޯ އިންޓަނެޓްގައި ޝެއަރ ކޮށް މިކަމާ ބަހުސްކޮށްފައެވެ.

އެ މަންޒަރުން ފެނިގެންދަނީ މީހަކު އިންސާނެއްގެ ކަށިގަނޑަކަށް ހަމަ އެގޮތަށް ވަޅި އަތުން ބަދަލުކޮށް ހަމަލާ ދޭތަނެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުން، އިންޑިއާގެ މި ޓީވީ ޝޯގެ އެ އެޕިސޯޑު ދައްކާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް ގޭމް އޮފް ތްރޯންސްގެ، އާރްޔާ ނައިޓް ކިންގް މަރާލާ މަންޒަރު ހިމެނޭ އެޕިސޯޑު ނުކުމެފައިވަނީ އޭޕްރީލް 28 ގައެވެ.

އިންޑިއާއިން ގެނެސްދިން މި ސިރީޒްގެ މަންޒަރަށް ގިނަ ބަޔަކު ވަނީ ޖޯކު ޖަހާ ފާޑު ކިޔާފައެވެ. އަދި މި މަންޒަރުގެ ވީޑީއޯ ވަނީ މިހާރު އިންޓަނެޓްއިން ނުބެލޭ ގޮތްވެސް ހަދާ ނަގާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް