އިންޑިއާގެ ދެކުނުގެ ޓައުނެއްކަމަށްވާ ހަމްޕީގައި ހުންނަ ތާރީހީ ބިނާއަކަށް (މޮނިއުމެންޓަކަށް) ގެއްލުންދިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ޔުނެސްކޯގެ ހެރިޓޭޗް ސައިޓެއްގެ ގޮތުގައި ކަނޑައަޅައިފައިވާ މޮނިއުމެންޓަށް ގެއްލުންދޭ ވީޑިއޯވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އިންޓަރނެޓްގައި ދައުރުވާން ފަށައިފައެވެ. މިވީޑިއޯއިން ފެންނަ ގޮތުގައި ތިންމީހަކު ވެގެން މޮނިއުމެންޓައް ގެއްލުންދީ ބިމާހަމަކޮށްލައެވެ.
ވީޑިއޯ އިންޓަރނެޓްގައި ދައުރުވާން ފެށުމާއެކު ގިނަބަޔަކުވަނީ ވީޑިއޯއިން ފެންނަ ފަރާތްތައް ހައްޔަރުކޮށް މައްސަލަ ތަހްގީގް ކުރުމަށް ގޮވާލައިފައެވެ.
މޮނިއުމެންޓައް ގެއްލުންދޭ ތިންމީހުންނާއި އަދި އެމަންޒަރު ވީޑިއޯކުރި މީހާ އިންޑިއާ ފުލުހުން ހައްޔަރުކޮށްފައި މިވަނީ އިންޑިއާގެ އަރކިއޮލޮޖިސްޓިކް ސައިޓުތައް ބަލަހައްޓާ، އަރކިއޮލޮޖިސްޓިކް ސާރވޭ އޮފް އިންޑިއާ (އޭއެސްއައި) ގެ ފަރާތުން އެމައްސަލަ މިމަހުގެ 6 ވަނަ ދުވަހު ރިޕޯޓް ކޮށްފައި ވަނިކޮށެވެ.
ಈ ಜನಕ್ಕೆ ಯಾವಾಗ ಆದ್ರೂ ಬುದ್ದಿ ಬರುತ್ತೋ ?? pic.twitter.com/sKLnWX26Wc
— ಶರಣರೀಯಪ್ಪಾ ?? (@Upadvyapi) February 1, 2019
ހަމްޕީއަކީ 16 ވަނަ ގަރުނުގެ އާސާރީ ތަންތަން ގިނައަދަދަކަށް ހުންނަ ޓުއަރިސްޓުންގެ މެދުގައި މަގުބޫލު ޓައުނެކެވެ.